ހިންނަވަރު ބަންދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓު މަސައްކަތް ނިމިއްޖެ

ޅ. ހިންނަވަރު ބަނދަރުގެ މަސައްކަތް ހަލުވި ކަމާއި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މަޝްރޫއުގެ ދަށުން ހިންނަވަރު ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައި...

21 Jun 2022 | 10:56

ޅ. ހިންނަވަރު ބަނދަރުގެ މަސައްކަތް ހަލުވި ކަމާއި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މަޝްރޫއުގެ ދަށުން ހިންނަވަރު ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ހާބާ ޕޭވްމަންޓްގެ ކާސްޓިން މަސައްކަތްތައް ކަމަށް މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ.

މީގެ އިތުރުން 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެ ކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް