މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ފަގީރުންގެ ބޮލަކަށް ޖެހެނީ3،000 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ އެ ފައިސާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރުގެ މުދަލު ޒަކާތުން ފަގީރުންނަށް ކަނޑައަޅާފައިވާ ބައިގެ ގޮތުގައި ޖުމްލަ 26،877،000.00 ރުފިޔާ ބަހާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބޮލަކަށް 3،000 ރުފިޔާ އަކީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ 8،959 މީހުންގެ ތެރެއިން ބޮލަކަށް ޖެހުނު އަދަދު ކަމަށެވެ.
މި އަހަރަކީ އެންމެ ގިނައިން މުދަލުޒަކާތުގެ ގޮތުގައި ފައިސާ ދޫކުރެވުނު އަހަރުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް