ޔޯގާ ހަރަކާތަށް ހުއްޓުވަން އާލާތް ނެރުނީ ޕީޕީއެމް އޮފީހުން، މައްސަލަ ދަނީ ތަހުގީގު ކުރަމުން: ފުލުހުން

މިއަދު ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވުމާއި ގުޅޭގޮތުން ފުލުހުން ބަޔާނެއް ނެރެފި އެވެ. އެ ބަޔާނުގައި ބުނީ މިއަދު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ބޭއްވި އެ ހަރަކާތަށް ހުރަސް އަޅައި، ބޭރުގެ ޑިޕްލޮމެޓުންނ...

21 Jun 2022 | 09:22

މިއަދު ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވުމާއި ގުޅޭގޮތުން ފުލުހުން ބަޔާނެއް ނެރެފި އެވެ.

އެ ބަޔާނުގައި ބުނީ މިއަދު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ބޭއްވި އެ ހަރަކާތަށް ހުރަސް އަޅައި، ބޭރުގެ ޑިޕްލޮމެޓުންނާއި ސަފީރުންނާއި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ. އެ އަމަލުތަކުގައި އެތަނުގައި ތިބި ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންގެ އިދާރާގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި މިއަމަލު ހިންގަން ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމް އޮފީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، ޔޯގާގެ ހަރަކާތުގެ ހަމަނުޖެހުން ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި، ފުލުހުން އިޖާބަދިން ގޮތް "އިންޓާނަލް ރިވިއުއެއް" ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

(ތަފސްީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް