ބޮމުގެ ހަމަލާގެ ޝަރީއަތް ބައްލަވާ އިސްގާޒީއަކަށް ދީބާނާޒު ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ބައްލަވާ އިސް ގާޒީއަކަށް ގާޒީ ދީބާނާޒް ފަހުމީ އައްޔަން ކުރައްވައިފި އެވެ. އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރ...

21 Jun 2022 | 08:38

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ބައްލަވާ އިސް ގާޒީއަކަށް ގާޒީ ދީބާނާޒް ފަހުމީ އައްޔަން ކުރައްވައިފި އެވެ.

އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ދާދިފަހުން ވަނީ އެ މައްސަލަ ބެލުމުން ތަނާޒުލްވެވަޑައިގެންފަ އެވެ.

ގާޒީ އާދަމް މުހައްމަދުގެ ބަދަލުގައި ގާޒީ ދީބާނާޒު ފަހުމީ އެ މަގާމަށް ހަމަޖެއްސިކަން ކްރިމިނަލް ކޯޓުން ވަނީ މީޑީއާގައި ޔަގީންކޮށްދީފަ އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ ސޮފްވަތު ހަބީބެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް