ޔޯގާ ހަރަކާތް ހުއްޓުވުމަށް ޓެކްނިކަލް އަދި މެޓީރިއަލް ސަޕޯޓް ޕީޕީއެމް އިން !

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވި ފަރާތްތަކަށް އިދިކޮޅު ޕާޓީ، ޕީޕީއެމުން ވާގިވެރިވެފައިވާކަމަށް ދޭހަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާ...

21 Jun 2022 | 08:12

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވި ފަރާތްތަކަށް އިދިކޮޅު ޕާޓީ، ޕީޕީއެމުން ވާގިވެރިވެފައިވާކަމަށް ދޭހަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އެގޮތުން ފަތިހު 05:00 ހާއިރު ޕީޕީއެމް އޮފީހުގެ އެތެރޭގައި ނަގާފައިވާކަމަށް ބެލެވޭ އެ ފޮޓޯތަކުުން ފެންނަނީ ހުދު ކުލައިގެ ދިދަ ބޮނޑިއެއް ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އުފުއްލަވާ މަންޒަރާއި ސައުންޑެއް ރެޑީކުރާކަމަށް ދޭހަވާ މަންޒަރެކެވެ.

މިއަދު އެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން ބޭނުންކުރީ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ހުދު ދިދަ ތަކެކެވެ. ބެލެވޭ ގޮތުގައި ޕީޕީއެމް އޮފީހުގައި ނަގާފައިވާ ކަމަށް ބެލެވޭ އެ ފޮޓޯއިން އެ ފެންނަނީ އެ ދިދަތަކެވެ.

މިކަމާއި ގުޅޭގޮތުން ޕީޕީއެމްގެ ބަހެއް ހޯދައިލަން ދުވަހުން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް