ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި އަމަލު އެމްޑީޕީން ކުށްވެރިކޮށްފި

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު، ދިވެހި ރައްޔިތުންގެ ޕާޓީ (އެމް.ޑީ.ޕީ.) އިން ކުށްވެރިކޮ...

21 Jun 2022 | 07:41

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު، ދިވެހި ރައްޔިތުންގެ ޕާޓީ (އެމް.ޑީ.ޕީ.) އިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިބާވަތުގެ ނުބައި އަދި އަނިޔާވެރި ޢަމަލުތަކަކީ އަޅުގަނޑުމެންފަދަ ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

މި މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވައި، މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ، 2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް މި ޤައުމުގައި ފާހަގަކުރަމުން އަންނަކަން ވެސް އެމްޑިޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން މަސައްކަތް ކޮށްގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް