ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޯގާ ކުރިއިރު ޖަމިއްޔަތުއް ސަލަފަށް ނުފެންްނަކަމަށް ބުނެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ނުރުހުން ފާޅުކުރައްވައިފިއެވެ.
އެގޮތުން މަހްލޫފް ވިދާޅުވީ 2014 އިން ފެށިގެން ރާއްޖޭގައި ޔޯގާ ކުރަމުން އަންނައިރު ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ފުޅާ ދާއިރާގެއްގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސްވެސް ފާހަގަކޮށްފައިވާކަަމަށެވެ. ނަމަވެސް އޭރު ސަލަފަށް އެ މަންޒަރު ނުފެންނަ ކަމަށެވެ.
"މިއޮތް ހުރިހާ ދުވަހަކު ސަލަފަކަށް ނުފެނޭ، ސަލަފުގެ ލޯ އަނދިރި، ކަންފަތް ބީރު" މަހްލުފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ އެ ހަރަކާތުގައި ޕީޕީއެމްގެ އިސް ފަރާތްތަކާއި ސަލަފުން ހަރަކާތްތެރިވި ކަމަށެވެ. އަދި ވަދެގަނެ ހަމަލާދީ އަގުބޮޑު މުދާތަަކަށް ގެއްލުންދިން ކަމަށެވެ.
މިއަދު ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތް ބަޔަކު ވަދެ ހުއްޓުވާފައިވަނީ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ހުދު ދިދަ ހިފައިގްނެނެވެ. އެ ފަރާތްތަކުން ދަނޑަށް ވަދެގަނެ، ޔޯގާ ކުރަން ތިބި މީހުން އެތަނުން ފައްސާލިއެވެ. އަދި ބައެއް ތަކެއްޗަށް ގެއްލުން ދިނެވެ.
މިކަމާއި ގުޅިގެން އެވަގުތު އެސަރަހައްދުން ހަ މީހަކު ހައްޔަރުކޮށްފައިވާއިރު މި އަމަލު ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެކަމުގައި ރައީސް ސޯލިހްވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް