ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާއަށް މިހާރު ހީވަނީ އަލަށް ފިލްމު ކުޅެން ފެށިގެން އުޅެވޭހެން ކަމަށް އޭނާ ބުނެފި އެވެ.
އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ފިލްމު "ޗަކްދޭ އެކްސްޕްރެސް" ގައި އެވެ. މި ފިލްމަކީ ވިހަން ވެގެން 2020 ވަނަ އަހަރު ނެގި ޗުއްޓީގެ ފަހުން އޭނާ ފެންނާނެ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ޝޫޓިން މިހާރު ކުރިޔަށްދާއިރު އަނުޝްކާ މީޑިއާގައި ބުނީ ބަލިވެ އިނދެގެން ނެގި ޗުއްޓީ އާއި އެކު ދަރިފުޅު ލިބި ހަމަ ޖެހުމުންވެސް ވަރަށް ގިނަ ދުވަހު ފިލްމީ މަސައްކަތްތަކާއި ދުރުގަ ހުންނަން ޖެހުނު ކަމަށެވެ. އޭނާ ބުނީ އެހާ ގިނަ ދުވަހު މަސައްކަތާއި ދުރުގައި ހުންނަން ޖެހުނީ ކޯވިޑްގެ ޕެންޑަމިކާއި ގުޅިގެން ކަމަށެވެ.
އަނުޝްކާ ބުނީ މިދިޔަ އަހަރުތަކުގައި ފިލްމު ކުޅޭ ހިތުން ކެތްމަދުވެފައި ހުރި ކަމަށެވެ. އިތުރަށް ބުނީ ކުރިޔަށް އޮތްތާ އަމިއްލަ ކެރިއަރު ފުޅާކޮށް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާނެ ކަމަށެވެ.
އަނުޝްކާ އެންމެ ފަހުން ފެނުނީ 2018 އަހަރު ރިލީޒް ކުރި ފިލްމު "ޒީރޯ"އިންނެވެ. ޝާރުކް ހާން އާއި ކެޓްރީނާ ކެއިފްވެސް ލީޑްރޯލުން ފެނިގެންދިޔަ އެ ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބެ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް