ޔޯގާ ހުއްޓުވުމުގެ ނަމުގައި އަރައިގަތް މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ: ރައީސް ސޯލިހް

ޔޯގާ ހުއްޓުވުމުގެ ނަމުގައި މިއަދު ގަލޮޅު ދަނޑަށް އަރައިގަތް މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅ...

21 Jun 2022 | 05:55

ޔޯގާ ހުއްޓުވުމުގެ ނަމުގައި މިއަދު ގަލޮޅު ދަނޑަށް އަރައިގަތް މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި މައްސަލައިގާ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ މިއަދު ގަލޮޅު ދަނޑުގައި ހިނގާ އެ ދިޔަ ކަންތަކާއި ގުޅޭ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާކަމަށެވެ.

"މިކަން ބަލާނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި، އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް