ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން މި މަޝްރޫޢުގެ ދަށުން ހިމާޔަތް ކުރަމުންދަނީ ހުޅަނގު – އިރުމަތީ ކޮޅު ގޮނޑުދޮށް ކަމަށެވެ.
އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢުގެ ދަށުން، 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫޢުގެ ކްލައިންޓަކީ އޯރކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް