ގަލޮޅު ދަނޑުގައި ކުރިއަށްގެންދަން އުޅުނު ޔޯގާ ހަރަކާތް އާންމުން ނިކުމެ ހުއްޓުވައިފި

ޔޯގާ ޑޭ ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބާއްވަން އުޅުނު ޔޯގާ ހަރަކާތް އާންމުން ވަދެ ހުއްޓުވައިފިއެވެ. އެ ހަރަކާތް ކުރިން އާޓިފިޝަލް ބީޗުގައި ބާއްވަން އުޅެ، އެކަމަށް ސިޓީ ކައުންސިލުން ހުއްދަ ނުދ...

21 Jun 2022 | 02:30

ޔޯގާ ޑޭ ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބާއްވަން އުޅުނު ޔޯގާ ހަރަކާތް އާންމުން ވަދެ ހުއްޓުވައިފިއެވެ.

އެ ހަރަކާތް ކުރިން އާޓިފިޝަލް ބީޗުގައި ބާއްވަން އުޅެ، އެކަމަށް ސިޓީ ކައުންސިލުން ހުއްދަ ނުދިނުމުން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި އެ ހަރަކާތް ބާއްވަން މަސައްކަތް ކުރިއެވެ.

ހަރަކާތަށް މީހުން ގަލޮޅު ދަނޑަށް ވަތްން އިރުވެސް ދޮރުމަތީގައި އާންމުން ދިޔައީ އެކަމާއި ދެކޮޅަށް އަޑު އުފުލާ ޝިއާރު ފާޅުކުރަމުންނެވެ.

ހަރަކާތް ފެށުމުގެ ގޮތުން މިނިސްޓަރު މަހްލޫފް ވާހަކަފުޅު ދައްކަވަން ފެށިތަނާހެން، ބޭރުގައި ތިބި އާންމުން ވަނީ ފުލުހުންގެ ސެކިއުރިޓީ ފޫދުއްވާލުމަށްފަހު އެތެރެއަށް ވަދެގެންފައެވެ. އަދި އެ ސަރަހައްދުގައި ޖަހާފައިހުރި އިންޑިއަ އަދި ރާއްޖޭގެ ދިދަތައް ބިމުން ލުހެލައި ދިދަ ދަނޑިތައް ބިނދެލައި ބައެއް މެޓްތައް ވީދާލައި، އަދި ކޮންމެވެސް ވަރަކަށް ކުރިމަތިލުންތައްވެސް ކުރިއަށްދިޔައެވެ.

އެ ހަރަކާތް ހުއްޓާލައި އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސަރަހައްދުން މީހުން ނެރެފައިވާއިރު، ހަރަކާތް ހުއްޓުވަން މަސައްކަތްކުރި އާންމުންގެ ތެރޭގައި ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކާއި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. ބައެއް މީހުން ހަރަކާތްތެރިވަމުންދިޔައީ ޝަހާދަތުގެ ކަލިމަފުޅު ލިޔެފައިވާ ހުދު ދިދަވެސް ހިފައިގެންނެވެ.

https://twitter.com/kevincosna/status/1539071205445369856

ޔޯގާއަކީ އިސްލާމްދީނާ ހިލާފު، އަދި އިންޑިއާ ބުދު ދީނުގެ އަޅުކަމުގެ ބައެއްގެ ގޮތުގައި ބައެއް ދީނީ އިލްމުވެރިން ސިފަކުރެއެވެ. ރާއްޖޭގައިވެސް މީގެން ކުރިންވެސް ކޮންމެވެސް ވަރަކަށް ޔޯގާގެ ހަރަކާތްތައް ކުރިއަށްގެންދިޔަ ނަމަވެސް މިހާ ފުޅާ ދާއިރާއެއްގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް