ދުނިޔޭގެ އެންމެ ރީތި ބީޗަކަށް ރާއްޖޭގެ ވެލިގަނޑު ރިސޯޓު

ދުނިޔޭގެ އެންމެ ރީތި ބީޗު ހޮވުމަށް ބޭއްވި މުބާރާތުން އެއްވަނަ އއ. އަތޮޅު ގައި ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ. މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އ...

21 Jun 2021 | 17:25

ދުނިޔޭގެ އެންމެ ރީތި ބީޗު ހޮވުމަށް ބޭއްވި މުބާރާތުން އެއްވަނަ އއ. އަތޮޅު ގައި ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ.

މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އެމެރިކާގެ ކިވީ އިންނެވެ. އިންސްޓަގްރާމްގައި ކުރިޔަށް ގެންދިޔަ މި މުބާރާތަށް ދީފައިވާ ނަމަކީ "ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް" އެވެ.

މި މުބާރާތުން އެއްވަނަ ވެލިގަނޑު ރިސޯޓު ހޯދީ ސީޝެލްސްގެ ރިސޯޓެއް ކަމަށްވާ އެންސް ކޮކޯއާ އާއި ވާދަކޮށްގެންނެވެ.

ކިވީ ކޮމްއިން ބުނީ މި މުބާރާތުގައި ވާދަ ކުރި ޓީމުތަކާއި ގުޅޭ މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށެވެ.

https://www.instagram.com/p/CQYuuppL-5V/?utm_source=ig_embed&ig_rid=a47df679-7564-41f1-9ba2-2265641cedf4

ވެލިގަނޑު ރިސޯޓަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ ރިސޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް