ކޯވިޑަށް ޕޮސިޓިވްވީ 253 މީހުން، އެކްޓިވް ކޭސްތަކުގެ އަދަދު 5،000ން ދަށް ވެއްޖެ

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ253 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަދު މާލެއިން ކޯވިޑް ޖެހިފައިވަނީ 35 މީހުންނަށެވެ. އަތ...

21 Jun 2021 | 17:04

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ253 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަދު މާލެއިން ކޯވިޑް ޖެހިފައިވަނީ 35 މީހުންނަށެވެ. އަތޮޅު ތެރެއިން ޖެހިފައިވަނީ 164 މީހުންނަށެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން ތިން މީހުންނާއި ތަރައްގީ ކުރަމުންދާ ރަށްތަކުން43 މީހުންގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން އަށް މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،296 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 4،784 މީހުންނަށެވެ. އޭގެ ތެރެއިން 44 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 67،148 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 206 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 72،149 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް