ނަފުރަތުގެ ބިލު ބަލައިގަންނަން ވޯޓު ދިން ސަބަބު ބިގޭ ވިދާޅުވެދެއްވައިފި

ނަފުރަތުގެ ބިލު  ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު ބަލައިގަންނަން ވޯޓު ދިން ސަބ...

21 Jun 2021 | 16:56

ނަފުރަތުގެ ބިލު  ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު ބަލައިގަންނަން ވޯޓު ދިން ސަބަބު ރައްޔިތުންގެ މަޖިލީހުގައި ރ. އަލިފުށި، ވާދޫ، ރަސްގެތީމް، އަދި އަނގޮޅިތީމް ތަމްސީލްކުރައްވާ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެދެއްވައިފިއެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ބިގޭ ވިދާޅުވީ، ބިލު ބަލައިގަންނަން ވޯޓު ދިނީ އެއްވެސް ހާލެއްގައި ބިލަށް ތާޢީދުކުރާތީ ނޫން ކަމަށެވެ. ނަމަވެސް، ބިލު މަޖުލީހުގެ ކޮމިޓީއަށް ފޮނުވައި ދިރާސާކުރުމަށް ފަހު އިސްލާހުކުރަންޖެހޭ ކަންކަން ހުރި ނަމަ އިސްލާހުކުރެވޭނީ އެ މަގުން ކަމަށް ވާތީ ކަމަށް ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ، ވޯޓު ދެއްވީ އެމްޑީޕީން ނެރުނު ވިޕް ލައިނާ އެއް ގޮތަށް ކަމަށެވެ. އަދި މި ބިލުގައި އާންމުންގެ އިތުރުން އިލްމުވެރިން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި، އެ ކަންކަން އިސްލާހުނުކޮށް އެ ބިލު ފާސްކުރަން ވޯޓު ނުދެއްވާނެ ކަމުގެ ޔަގީންކަން ބިގޭ ވަނީ ދާއިރާގެ ރައްޔިތުންނަށް ދެއްވާފައެވެ.

މި ބިލު މީގެ 6 ދުވަސް ކުރިން ވަނީ، މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކުރީ ބިގޭ ހިމެނޭ ގޮތަށް 38 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ.

ބިލަށް ވޯޓް ދިން މެންބަރުން

  1. ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް (އެމްޑީޕީ)
  2. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު (އެމްޑީޕީ)
  3. މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (އެމްޑީޕީ)
  4. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް (އެމްޑީޕީ)
  5. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް (އެމްޑީޕީ)
  6. މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (އެމްޑީޕީ)
  7. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އެމްޑީޕީ)
  8. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (އެމްޑީޕީ)
  9. މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ (އެމްޑީޕީ)
  10. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް (އެމްޑީޕީ)
  11. ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (އެމްޑީޕީ)
  12. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު (އެމްޑީޕީ)
  13. ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު (އެމްޑީޕީ)
  14. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (އެމްޑީޕީ)
  15. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ (އެމްޑީޕީ)
  16. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (އެމްޑީޕީ)
  17. އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (އެމްޑީޕީ)
  18. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (އެމްޑީޕީ)
  19. ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު (އެމްޑީޕީ)
  20. އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (އެމްޑީޕީ)
  21. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން (އެމްޑީޕީ)
  22. ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު (އެމްޑީޕީ)
  23. ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް (އެމްޑީޕީ)
  24. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު (އެމްޑީޕީ)
  25. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (އެމްޑީޕީ)
  26. ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ޖޭޕީ)
  27. ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް (އެމްޑީޕީ)
  28. ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (އެމްޑީޕީ)
  29. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (އެމްޑީޕީ)
  30. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް (އެމްޑީޕީ)
  31. ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު (އެމްޑީޕީ)
  32. ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ (އެމްޑީޕީ)
  33. މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން (އެމްޑީޕީ)
  34. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު (އެމްޑީޕީ)
  35. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް (އެމްޑީޕީ)
  36. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
  37. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް (އެމްޑީޕީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް