ރިސޯޓް މުވައްޒަނުންނަށް ތުނބުޅި ބެހެއްޓޭނެގޮތް ހަދައިދިނުމަށް އެދި ދައުލަތުގެ މުއައްސަސާއަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
އިބްރާހިމް ސިއްދީޤް ނަމަނަކަށް ކިޔާ މީހަކު ހަދާފައިވާ މި ޕެޓިޝަންގައި މިހާތަނަށްވެސް1164 މީހުން ސޮއިކޮށްފައި ވެއެވެ.
މި ޕެޓިޝަންގައި ސޮއިކުރި މީހަކު ބުނެފައި ވަނީ، ތުނބުޅި ބެހެއްޓިޔަސް ފަތުރުވެރިންނަށް އެއީ މައްސަލައަަކަށް ނުވާ ކަމަށެވެ. ފަތުރުވެރިންނަށް އެކަން މައްސަލައަކަށޤ ނުވާނަމަ، އެކަން މަނާކުރަންވީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
އަދި އެއީ ހައްގެއްކަމަށް ޕެޓިޝަންގައި ސޮއިކުރި ގިނަ ފަރާތްތަކަކުން ބުނަމުން ދާއިރު، ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓޭގޮތަށް އޮތުމަކީ އެމީހުންގެ ޙައްގަށް އަރައިގަތުން ކަމަށް ބައެއް ރިސޯޓް މުވައްޒަފުން ސިފަކުރެއެވެ.
ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަބަދުވެސް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
އެގޮތުން މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީއާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި، ރިސޯޓް މުވައްޒަފުންގެ ހައްގުގައި މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ، ރިސޯޓްތަކުގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންނެއްގެ ހައްގުތައް ގެއްލޭތީ ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މައްސަލަ ހުށަހެޅުއްވި ލަޠީފް ވިދާޅުވެފައިވެއެވެ. އެހެންކަމުން ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް ލަޠީފް ވަނީ ސަރުކާރަށް ގޮޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް