އަންހެންކުދިން ޚިތާނު ކުރާނަމަ، ކައިވެންޏަށްފަހު އެކަމުގެ ނޭދެވޭ އަސަރު ކުރޭ: ޑރ ނާޒް

އަންހެންކުދިން ޚިތާނު ކުރާނަމަ، ކައިވެންޏަށްފަހު އެކަމުގެ ނޭދެވޭ އަސަރު ކުރޭ: ޑރ ނާޒް ވިދާޅުވެއްޖެއެވެ. ޑރ. ނާޒް ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ އަންހެން ދަރިންނަށް އެހެން ނުހެދުމަށެވެ. އެކަމުގެ ސ...

21 Jun 2021 | 12:46

އަންހެންކުދިން ޚިތާނު ކުރާނަމަ، ކައިވެންޏަށްފަހު އެކަމުގެ ނޭދެވޭ އަސަރު ކުރޭ: ޑރ ނާޒް ވިދާޅުވެއްޖެއެވެ.

ޑރ. ނާޒް ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ އަންހެން ދަރިންނަށް އެހެން ނުހެދުމަށެވެ. އެކަމުގެ ސަބަބުން އެކުދިން ބޮޑުވެ، މީހުނާ އިނުމަށް ފަހު ދިމާވާނެ ކަންތައްތައް އަހަރެމެންނަށް ވިސްނާލަން ވެސް ނޭނގޭނެ ކަމަށެވެ.

ޚިތާނު ކޮށްފައިވާ ވަރަށް ގިނަ އަންހެނުން އެކި މީހުނާ ކައިވެނި ކުރާ ކަމަށާއި، އެކަމުގެ ސަބަބަކީ ކައިވެނިން އެފަދަ އަންހެނުނަށް ހިތްހަމަޖެހުން ނުލިބޭތީކަމަށް ނާޒް ފާހަގަކުރައްވާފައި ވެއެވެ.

އެވާހަކަ ދެއްކުމުން ގިނަ ބަޔަކު އެކަމާ ދެކޮޅަށް ވާހަކަ ދައްކާނެކަން އެނގޭކަމަށް ބުނަމުން ނާޒް ބުނެފައި ވަނީ، އަންހެން ކުދިން ޚިތާނު ކުރުމުގެ ސަބަބުން މުޅި އުމުރުގައި ވެސް އެކަމުގެ ހިތާމަކުރަން ނުޖެއްސުމަށް އެދޭކަމަށެވެ.

އެކަމުގެ ސަބަބުން އަންހެން ދަރިންނަށް ގެއްލުންތަކެއް ވާނެ ކަމަށާއި އަންހެން ކުދިން ޚިތާނު ނުކުރުމަށް ޑރ ނާޒް ގޮވާލެއްވިއެވެ.

ޑރ ނާޒް މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ، އަންހެން ކުދިން ޚިތާނުކުރުމުގެ ސަގާފާތް އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނުމާ ގުޅިގެންނެވެ.

"މިހާރު އަޅުގަނޑުމެންނަށް ރިސާޗްތަކުން ވެސް އެބަ ފެނޭ ދިވެހިރާއްޖޭގައި މ ސަގާފަތް އަނެއްކާވެސް އާލާވަމުން (އަންނަކަން). މިކަމަށް ހިތްވަރުދީ ނުވަތަ މިގޮތަށް ހިތާނުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ފަރާތްތައް ވެސް އެބަތިބިކަން. މިކަމަށް އެޑްރެސް ކުރުމަށްޓަކައި އެބަޖެހޭ ވަރަށް ބޮޑެތި ރީސާޗްތައް ވެސް އަދި މިހާރު ހުރި އެންމެ ސައްހަ ސްޓެޓިސްޓިކްސް ހޯދައިގެން ބަލަން،" ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމް ކޮމިޝަނަރު ޝިފާތު އަބްދުއްރައްޒާގް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް