ގާނޫނާއި ހިލާފަށް ލަންކާ ސިފައިން މުސްލިމުންތަކަކަށް އަދަބު ދިން މައްސަލަ ތަހުގީގު ކުރަނީ

އަވަށްޓެރި ސްރީލަންކާގައި މުސްލިމުންނާއި ދެކޮޅަށް ސިފައިން ހިންގި ޖަރީމާއެއް އެ ގައުމުގެ އަސްކަރިއްޔާއިން ތަހުގީގު ކުރަން ފަށައިފި އެވެ. ސިފައިންތަކެއް މުސްލިމުތްތަކަކަށް މެދު ގާނޫނައި ހިލާފަށް އަދަބު...

21 Jun 2021 | 10:44

އަވަށްޓެރި ސްރީލަންކާގައި މުސްލިމުންނާއި ދެކޮޅަށް ސިފައިން ހިންގި ޖަރީމާއެއް އެ ގައުމުގެ އަސްކަރިއްޔާއިން ތަހުގީގު ކުރަން ފަށައިފި އެވެ.

ސިފައިންތަކެއް މުސްލިމުތްތަކަކަށް މެދު ގާނޫނައި ހިލާފަށް އަދަބު ދިނީ ބަޓިކަލޯގެ އޭރަވުރު އަވަށުގައި އެވެ. ސިފައިން ވަނީ އެ އަވަށުގައި އިއުލާނުކޮށްފައިވާ ލޮކްޑައުނާއި ހިލާފުވިކަމަށް ބުނެ އެމީހުން މަގަމަތީގައި ކަކޫ މައްޗަށް ތިރިވެ، ދެ އަތް އުފުލައިގެން ތިބެން މަޖުބޫރު ކޮށްފައި އެވެ.

މިކަން ފަޅާ އެރީ އެ މަންޒަރުތައް ބަޔަކު ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ.

އެމީހުން މީޑިއާގައި ބުނެފައިވަނީ ސިފައިން އެމީހުންނަށް ފުރައްސާރަކޮށް އަނިޔާކުރި ކަމަށެވެ. އަދި ބޭރަށް ނުކުމެ އުޅުނީ ބޭހެއް ގަންނަން ފާމަސީއަށް ދާން ކަމަށާއި އެއީ ލޮކްޑައުންގައި ހުއްދަ ކަމެއް ކަމަށެވެ.

މި މައްސަލައިގަ ލަންކާ އަސްކަރިއްޔާއިން ބުނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެފަދަ އަދަބެއް ރައްޔިތުންނަށް ދިނުމުގެ ބާރު ސިފައިންނަށް ދީފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އެ އަމަލު ހިނގި ވަގުތު އިސްކޮށް ހުރި ސިފައިންގެ އޮފިސަރު މިހާރު ވަނީ ވަޒީފާއިން އެކަހެރިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް