މި މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައީ އިއްޔެ

މި މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން، އިއްޔެ 2،519 ފަތުރުވެރިން ރާއްޖެ އަހިސްފައި ވެއެވެ. މި ...

21 Jun 2021 | 09:32

މި މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން، އިއްޔެ 2،519 ފަތުރުވެރިން ރާއްޖެ އަހިސްފައި ވެއެވެ. މި އަހަރުގެ އެހެން މަސްތަކާ އަޅާ ބަލާއިރު، މި މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު މަދެވެ.

އެގޮތުން މި މަހުގެ މިހާތަނަށް 1،866 ފަތުރުވެރިން ދުވާލެއްގެ މައްޗަށް ރާއްޖެ އާދެއެވެ. މި އަދަދު އެހެން މަސްމަހުގައި އުޅެނީ މިއަށްވުރެ މަތީގައެވެ.

މި އަހަރުގެ ޖެނުއަރީ މަހު 2،971 ފަތުރުވެރިން ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ. އަދި ފެބްރުއަރީ، މާޗް އަދި އޭޕްރީލް މަހު މި އަދަދު 3،000 އަށް އެރިއިރު، މޭ މަހު ދުވާލެއްގެ މައްޗަށް ރާއްޖެ އަހިސްފައި ވަނީ 2،084 މީހުންނެވެ.

ނަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މިއަހަރުގެ އެހެން މަސްމަހާ، ޖޫން މަހާ މާ ބޮޑު ތަފާތެއް ނެތެވެ. މި މަހު ރާއްޖެ އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި އެވްރެޖްކޮށް ނުވަ ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.

މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ. ނަމަވެސް ކޮވިޑްގެ ކުރިން ރަޝިޔާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ ހަވަނައިގައި އޮތް ޤައުމެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން ފަތުރުވެރިންގެ %75 ރެސޯޓްތަކުގަި ޗުއްޓީ ހޭދަކުރާއިރު، %16 މީހުން މަޑުކުރަނީ ގެސްޓްހައުސް ތަކުގައެވެ.

މިވަގުތު ރާއްޖޭގައި 18 އަތޮޅެއްގެ، 58 ރަށެއްގެ 428 ގެސްޓްހައުސްގައި ޚިދުމަތް ދެއެވެ.

ކޮވިޑްގެ ހާލަތުގެ ކުރިން ރާއްޖެއައި ބައެއް ޤައުމުތަކުގެ ފަތުރުވެރިން މިހާރު ނާންނަކަން، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން ސުވިޒަލެންޓް، ޗައިނާ އަދި އިޓަލީ، ޖަޕާންގެ އިތުރުން އޮސްޓްރޭލިޔާއިން ވެސް 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ފަތުރުވެރިން ރާއްޖެ އަހިސްފައި ވެއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަހިސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް