މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަކަށް މާފަންނު މެދު ދާރިރާގެ މެމްބަރު އަޙުމަދު ނަރީޝް އިންތިހާބު ކޮށްފި އެވެ.
އެ މަގާމަށް ނަރީޝް އިންތިހާބު ކުރީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެވެ. ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރީ ނަރީޝްގެ އިތުރުން މައްޗަން ގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަަމީރު އެވެ.
ނަރީޝްއަށް އިންތިހާބުގައި ލިބިފައިވަނީ 12 ވޯޓެވެ. އަދި ސަމީރުއަށް ހަތް ވޯޓު ލިބިފައިވާއިރު 19 ކައުންސިލަރުން މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މާލޭ ސިޓީ ކައުންސިލްގައި ތިއްބަވަނީ އެމްޑިޕީގެ ހަ ކައުންސިލަރުންނާއި ޕީޕީއެމްގެ 13 ކައުންސިލަރުންނެވެ. މިއަދުގެ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކައުންސިލަރަކު ވަނީ އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރެއްވި ޒަމީރަށް ވޯޓު ދެއްވާފަ އެވެ.
އެއީ ކޮން ކައުންސިލަރެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ޕީޕީއެމުން ވަނީ އެ ޕާޓީގެ ފަރާތުން ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކައުންސިލަރަށް އެ ޕާޓީގެ އެހެން ކައުންސިލަރުން ވޯޓު ދެއްވަން ޖެހޭ ގޮތަށް ތްރީ ލައިން ވިޕެއް ވެސް ނެރެފައެވެ.
ނަރީޝް ޑެޕިއުޓި މޭޔަރަކަށް ހޮވުމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް