ހިޔާ ފްލެޓްގެ އެއްބަސްވުން ފްލެޓު ލިބުނު މީހުންނަށް ފޮނުވުމުގެ ބަދަލުގައި ޝާއިއު ކުރާނީ އެ ކުންފުނީގެ ވެބްސައިޓްގައި ކަމަށް ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 6،720 ފްލެޓްތަކުގެ އެއްބަސްވުމުގެ ސޮއިކޮށް، ފްލެޓް ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ އެންމެހައި ކަމެއް އެ ކޯޕަރޭޝަނުން ކުރިއަށް އެބަ ގެންދާ ކަމަށެވެ.
އަދި މިއީ ނިސްބަތުން ބޮޑު މަޝްރޫޢުއެއްކަމުން، ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ ދަތިކަމެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކަށް ފަސޭހަކަމާާއެކު ފެންނާނެގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެ ކޯޕަރޭޝަނުގެ ވެބަސައިޓްގައި ޝާއިރުކުރުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް، ޝާއިރުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް އިތުރު ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމުން، އެ ޑްރާފްޓަށް އެއްވެސް ބަދަލެއް ގެނެވޭނަމަ، އެކަން ޢިއުލާނުކުރުމަށްފަހު އެ ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާއިރު ކުރެވޭނެކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ ހިޔާ ފްލެޓުތަކުގެ ގުރު ނުނަގާ ބާކީ ފްލެޓުތަކުގެ ގުރުނެގުން މިއަދު ފެށޭނެ ކަމަށެވެ. އެޗްޑީސީގެ ވެބްސައިޓުގައި މިއަދު ގުރު ނަގާނެ މީހުންގެ ލިސްޓު އާންމު ކޮށްފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
މިއަދު ގުރު ނެގުމަށް ހަމަޖެހިފައިވާ ލިސްޓުގައި ހިމެނެނީ 514 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް