ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީގެ ދުބައީއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އަމިއްލަ ދަތުރުފުލެއްގައި ރައީސް ސޯލިހު ދުބާއީއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. އަދި އެނބުރި ވަޑައިގެންނަވާނީ އަންނަ ބިދަ ދުވަހު ކަމަށެވެ.
އެމަނިކުފާނު ދުބާއިއަށް ވަޑައިގެންނަވަނީ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު އިބްރާހިމް މުހައްމަދު ސޯލިހު (އަހުމަދުބެ) ގެ ރޭގެ ވަގުތެއްގައި ދުބާއީގައި އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަހުމަދުބެ އަވަހާރަވީ ކެންސަރު ބައްޔަށް ދުބާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
https://twitter.com/dhuvasmv/status/1406832054965264387
ރައީސް ސޯލިހުގެ އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވަ އެވެ.
އަހުމަދަކީ ރައީސް ސޯލިހުގެ އާއިލާގައި ތިއްބަވާ ލޯ ފަން ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހާފިޒުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެކަމަކު ސިއްހީ މައްސަލަތަކާއި ގުޅިގެން ކޯސް ކުރިޔަށް ނުގެންދެވުނީ ކަމަށްވެ އެވެ.
ރައީސް ސޯލިހުގެ ކޮއްކޯފުޅު އަވަހާރަ ވުމުން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ތައުޒިޔާ ދަންނަވަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި އާންމުންނާއި ސަރުކާރުގެ އިސްވެރިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް