ހިޔާ ފްލެޓުތަކުގެ ގުރު ނެގުން މިއަދު އަލުން ފަށަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން އަލުން ފަށަން ނިންމައިފި އެވެ. ހިޔާ ފްލެޓުތަކުގެ ގުރު ނެގުން ފެށީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުނ...

21 Jun 2021 | 06:40

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން އަލުން ފަށަން ނިންމައިފި އެވެ.

ހިޔާ ފްލެޓުތަކުގެ ގުރު ނެގުން ފެށީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ފަހަރު މެދު ކަނޑާލާފައިވާއިރު މިއަދާއި ހަމައަށް ދެވަނަ ފަހަރު މެދުކަނޑާލުމަށް ފަހު ނުފެށި ވަނީ ކޯވިޑް ހާލަތާއި ގުޅިގެންނެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓުތަކުގެ ގުރު ނުނަގާ ބާކީ ފްލެޓުތަކުގެ ގުރުނެގުން މިއަދު ފެށޭނެ ކަމަށެވެ. ގުރު ނަގަން ފަށާނީ މިއަދު މެންދުރު 1:00 ގައި ކަމަށާއި އެޗްޑީސީގެ ވެބްސައިޓުގައި މިއަދު ގުރު ނަގާނެ މީހުންގެ ލިސްޓު އާންމު ކޮށްފައިވާނެ ކަމަށް ބުނެ އެވެ.

މިއަދު ގުރު ނެގުމަށް ހަމަޖެހިފައިވާ ލިސްޓުގައި ހިމެނެނީ 514 މީހުންނެވެ.

ގުރު ނެގުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކެޓަގަރީ (އެޗް10) އާއި ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީ (އެޗް6) އަދި 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ (އެޗް7) އާއި މާލޭ ރަށްވެހިންނަށް ހާއްސަ (އެޗް8) އާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ (އެޗް9) ގެ އިތުރުން ފުލުހުންނަށް ހާއްސަ ފްލެޓްތަކެވެ.

އެޗްޑީސީން ބުނީ އޭގެ ތެރެއިން ފުލުހުންނަށް ހާއްސަ ލިސްޓު ފިޔަވައި، ދެން ހުރި ކެޓަގަރީތަކަކީ ހައުސިން މިނިސްޓްރީން ވެރިފައިކުރުމަށް ފަހު، އިތުރަށް ފޮނުވާފައިވާ ލިސްޓުތައް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެ ލިސްޓުގެ ގުރުނެގުން ކުރިއަށް ގެންދާނީ ކުރިއެކޭ އެއްގޮތަށް އައިޑީކާޑު ނަމްބަރު ތަރުތީބުންނެވެ.

ހިޔާ ފްލެޓުގެ 25 ފަންގިފިލާގެ 16 ޓަވަރުން 6،720 މީހުންނަށް ފްލެޓު ލިބެ އެވެ. މި ފްލެޓުތައް ލިބުނު މީހުންނާއި އެކު އަންނަ މަހު14 ގައި އެގްރިމެންޓުގައި ސޮއި ކުރަން ފަށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް