ޝަމީމީ ގޯޅީގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ ވައްކަންކުރި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ،
ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ 2021 މެއި 19 ވަނަ ދުވަހުގެ 05:15 އެހާކަންހާއިރު ޝަމީމީ ގޯޅީގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
https://youtu.be/XUsUXIqktAg
އަދި މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487544 އެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް