މި އަހަރުގެ ލޯބިވެރިންގެ ދުވަހު ޔޫކްރޭނަށް ނިސްބަތްވާ ޒުވާން ދެ ލޯބިވެރިޔަކު ވަރަށް ތަފާތު ކަމެއް އިއުލާނު ކުރިއެވެ.
އެލެކްޒެންޑާ ކުޑްލޭ އާއި ވިކްޓޯރިއާ ޕުސްޓޮވިޓޯވާ އާއި ދެމީހުން އެކުގައި އަތުގައި ޗޭނު އައްސައި ދެމީހުން އެކުގައި ޒާތަކަށް ބަނދެލިއެވެ. އެކަން އެދުވަހު އެމީހުން ކުރީ އަބަދު ވަކިވެ އަބަދު ގުޅެން ޖެހޭތީ އެކަމަށް ނިމުމެއް ގެނެވޭތޯ އެކްސްޕެރިމެންޓެއް ކުރުމުގެ ގޮތުންނެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 14ގައި ޗޭނުފަށަކުން ދެ އަތް ބަނދެލި ޒުވާން ދެ ލޯބިވެރިން އިއްޔެ ވަނީ އެ ޗޭނުގަނޑު ކަނޑާލާފައެވެ. އެއީ މި އެކްްސްޕެރިމެންޓް ކުރިއަށްގެންދަން އެމީހުން ނިންމީ 123 ދުވަހަށް ކަަމަށް ވުމުންނެވެ.
އެކުގައި ޗޭނުން ބަނދެވިގެން ހޭދަކުރި 123 ދުވަހަށްފަހު ޗޭނުގަނޑު ކަނޑާލައި މި ދެލޯބިވެރިން އެންމެ ފަހުން ނިންމީ މުޅިން ވަކި ވުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެކުގައި ނޫޅެވޭނެކަން 123 ދުވަހުގެ މި އެކްސްޕެރިމެންޓުން ކަށަވަރު ކުރެވިފައިވާކަމަށެވެ.
އާދަޔާ ހިލާފު މި އެކްސްޕެރިމެންޓް ޔޫކްރޭނުގެ ރެކޯޑު ފޮތަށް އަރާފައިވާއިރު، ދެ ލޯބިވެރިން ބަނދެވުނު ޗޭނުކޮޅު ނީލަންކިޔަ މި ދެމީހުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް