ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު (އަހުމަދުބެ) އަވަހާރަ ވެއްޖެ އެވެ.
އަވަހާރަވިއިރު އަހުމަދުބެގެ އުމުރަކީ 55 އަހަރެވެ. އަހުމަދުބެ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދުބާއީގައި އެވެ.
ރައީސް ސޯލިހުގެ އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވަ އެވެ.
އަހުމަދަކީ ރައީސް ސޯލިހުގެ އާއިލާގައި ތިއްބަވާ ލޯ ފަން ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހާފިޒުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެކަމަކު ސިއްހީ މައްސަލަތަކާއި ގުޅިގެން ކޯސް ކުރިޔަށް ނުގެންދެވުނީ ކަމަށްވެ އެވެ.
ރައީސް ސޯލިހުގެ ކޮއްކޯފުޅު އަވަހާރަ ވުމުން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ތައުޒިޔާ ދަންނަވަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި އާންމުންނާއި ސަރުކާރުގެ އިސްވެރިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް