އިންޑިއާގެ އެންމެ މަޝްހޫރު ކޮމިޑީ ޝޯ "ދި ކަޕިލް ޝަރުމާ ޝޯ" އަނެއްކާވެސް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ޝޯ ހުއްޓާލީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އެވެ. މަޖުބޫރީ ހާލަތުގައި ކަޕިލްގެ ޝޯ މެދުކަނޑާލީ ޝޯގެ އޯޑިއަންސްގެ ގޮތުގައި ބައިވެރިވާ މީހުންނަށް ސެޓަށް ނުދެވޭތީ އާއި ފިލްމީ ތަރިން އެމީހުންގެ ޝޯތައް ޕްރޮމޯޓް ކުރުމަށް ކޯވިޑާއި ހެދި ޝޯތަކަށް ނުދާތީ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަޕިލްގެ އަމިއްލަ ޝޯ ސޮނީ ޓީވީން މިފަހަރު ފަށާނެ ކަމަށް އިއުލާނު ކޮށްފައިވަނީ އަންނަ މަހު އެވެ. އަދި ޝޯގެ ޝޫޓިންވެސް އަންނަ މަހު ކުރީ ކޮޅު ފަށާނެ ކަމަށް ވެއެވެ.
އެ ޝޯ އަންނަ މަހު ފަށާކަން "ދި ކަޕިލް ޝަރުމާ ޝޯ" ގެ ބައިވެރިން ކަމަށްވާ ބާރްތީ ސިންގް އާއި ކްރުޝްނާ އަބީޝެކްވެސް ވަނީ ސޯޝަލް މީޑިއާގައި ކަށަވަރު ކޮށްދީފަ އެވެ.
މި ޝޯ އިންޑިއާގެ އާންމުންގެ މެދުގައި ކިތަންމެ މަގުބޫލަސް އެންމެ ގިނައިން މެދުކަނޑާ ޝޯއަކީވެސް އެ އެވެ. އެ ޝޯގެ ކާސްޓުންނާއި ކަޕިލް އާއި ދެމެދު ވަރަށް ގިނައިން މައްސަލަ ޖެހެ އެވެ.
އެންމެ ފަހުން މިދިޔަ ފެބްރުއަރީގައި ކޯވިޑާއި ގުޅިގެން ޝޯ ހުއްޓާލި އިރު ކަޕިލްވެސް ހުރީ ބްރޭކެއް ބޭނުންވެފައި އެވެ. އޭނާއަށް ފެބްރުއަރީ މަހު ދެވަނަ ދަރިފުޅުނު ލިބުމާއި ގުޅިގެން ނަގަން ބޭނުންވެފައި ހުރި އެ ބްރޭކް އަދިވެސް ކަޕިލް ނިންމާނުލަ އެވެ.
ކަޕިލްއަށް ފެބްރުއަރީގައި ލިބުނީ ފިރިހެން ކުއްޖެކެވެ. އޭނާ ވަނީ އިއްޔެ ފާހަގަ ކުރި ބައިނަލް އަގުވާމީ ބައްޕައިންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން ފިރިހެން ދަރިފުޅު ޓްރިޝާން ޝަރްމާ ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ދައްކާލާފައި އެވެ.
"ދި ކަޕިލް ޝަރުމާ ޝޯ" ދައްކަން ފެށީ 2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް