ރާއްޖެއަށް މުވައްޒަފުން ހޯދުމަށް އިންޑިއާގެ ނޯކާ އާއެކު އެއްބަސްވުމެއް، އަރަބި އަދި ޤުރްޢާން ޓީޗަރުން ގެނެސްފައިވޭ !

އިންޑިއާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމުގައިވާ ނޯކާ ރޫޓްސް އިން ރާއްޖެއަށް ގިނަ އަދަދެއްގެ ޑަކުޓަރުން ހޯދަން ކުރި އިއުލާނު ދިވެހި ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައިވާއިރު މިއީ ރާއްޖެއާއި އެ ކުންފު...

21 Jun 2021 | 01:56

އިންޑިއާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމުގައިވާ ނޯކާ ރޫޓްސް އިން ރާއްޖެއަށް ގިނަ އަދަދެއްގެ ޑަކުޓަރުން ހޯދަން ކުރި އިއުލާނު ދިވެހި ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައިވާއިރު މިއީ ރާއްޖެއާއި އެ ކުންފުންޏާއިމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއްކަން އިންޑިއާއިން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ދަ ހިންދޫގައި ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖެއިން ނޯކާ އެޖެންސީއާއެކު އެއްބަސްވެފައިވަނީ ހެލްތު ކެއަރ އަދި ސްކިލްޑް ޕާސަނަލްސް ހޯދުމަށެވެ. މިއީ ކެރަލާއަށް ނިސްބަތްވާ، ވަޒީފާ ހޯދާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމުގައި ރިޕޯޓްކޮށްފައިވެއެވެ.

ދަ ހިންދޫގައި ރިޕޯޓްކޮށްފައިވާގޮތުގައި މި އެއްބަސްވުުމުގެ މެދުވެރިއަކީ އިންޑިއާގެ ހައި ކޮމިޝަނެވެ. އަދި މި އެއްބަސްވުމުގެ ދަށުން އަރަބި އަދު ޤުރުއާ ޓީޗަރުން ރެކްރޫޓް ކުރެވި މިހާރު ރާއްޖެއަށް ފޮނުވިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ބެލެވޭގޮތުގައި އަރަބި އަދި ޤުރްޢާން ޓީޗަރުން ހޯދުމަށް ނޯކާއިން މަސައްކަތްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން 152 ޤުރްޢާން ޓީޗަރުންނާއި، 153 އަރަބި ޓީޗަރުން ހޯދުމަށް ނޯކާއިން މިދިޔަ އަހަރު އިއުލާނުކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރަތީޝް ވިދާޅުވެފައިވަނީ މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ ވިސްނުންފުޅުގެ ދަށުން ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމާއި ހަވާލުވެ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށެވެ.

ދަ ހިންދޫގައި އިތުރަށް ބުނެފައިވަނީ ރާއްޖެއަށް މުވައްޒަފުން ހޯދައިދިނުމުގައި ނޯކާ ރޫޓްސް އިން ވަރަށް ފަރުވާތެރިކަމާއެކު، ވަޒީފާތަަކަށް ނަގާ ފަރާތްތަކަކީ އެކަށިގެންވާ ގާބލު މުވައްޒަފުންކަން ކަށަވަރު ކުރުމަށް ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް