މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ޝިޔާމް އެނބުރި އަތުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވް ގޭސްއިން ރޭގައި ނެރެފައިވާ އެންގުމެއްގައެވެ.
އެ އެންގުމުގައި ބުނެފައިވަނީ އެމްޑީ ޝަޒައިލް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަން އޭސީސީގެ އަންގާފައިވާތީ ޝަޒައިލްގެ ސަސްޕެންޝަން އުވާލައި، އަލުން އަނބުރާ ވަޒީފާ ރުޖޫއަކޮށްފައިވާކަމަށެވެ.
ޝަޒައިލަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިގެން ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. އޭރު ޝަޒައިލް ސަސްޕެންޑްކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ގާއިމުކޮށްފައިވާ ޕޯޓަލަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް