ރަޢީސްގެ ދެކަނބަލުންގެ ޢީދު ސަލާން ކުރެއްވުން މި ފަހަރުވެސް ދަރުބާރުގޭގައި

ފިޠުރު ޢީސު ސަލާންކުރެއްވުން މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ކުރިއަށް ގެންދަވާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. މި ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމ...

21 Jun 2017 | 10:23

ފިޠުރު ޢީސު ސަލާންކުރެއްވުން މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ކުރިއަށް ގެންދަވާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

މި ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ.

އަދި މި ޢީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެދިވަޑައިގަންނަވައެވެ.

ޢީދު ސަލާން ކުރެއްވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުގެ ހެނދުނު 9:00 އިން 10:00 އަށް ދަރުބާރުގޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް