ބީއެމްއެލް ޢީދު ވެދުން: ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޮޓަރައިޒްޑް ވީލް ޗެއަރ

ބޭންކް އޮފް މޯލްޑިވްސް އާއި އެބޭންކުގެ މުވައްޒަފުން ގުޅިގެން ގިނަ ރަށްތަކެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއަރތަކެއް ހަދިޔާކޮށްފިއެވެ. މިއީ...

21 Jun 2017 | 10:06

ބޭންކް އޮފް މޯލްޑިވްސް އާއި އެބޭންކުގެ މުވައްޒަފުން ގުޅިގެން ގިނަ ރަށްތަކެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއަރތަކެއް ހަދިޔާކޮށްފިއެވެ.

މިއީ "ޢީދު ވެދުން"ގެ ނަމުގައި މުޖުތަމައަށް އެހީވުމަށް ބީއެމްއެލް އާއި އެބޭންކްގެ މުވައްޒަފުން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ހިންގާ ހަރަކާތުގެ ދަށުން ފޯރުކޮށްދިން ހަދިޔާތަކެކެވެ.

އިޖްތިމާޢީ މިފަދަ މުހިންމުކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކުވެސް ބީއެމްއެލްގެ މުވައްޒަފުން ފަންޑްރައިޒްކުރުމުން ބީއެމްއެލްއިން އެމިންވަރާއި އެއްވަރުގެ އެހީއެއް ފޯރުކޮށްދެއެވެ. މިއަހަރުގެ "ޢީދު ވެދުން"ގެ ގޮތުގައި ހަދިޔާކުރާ މޮޓޮރައިޒްޑް ވީލްޗެއަރތައް ފަސް ރަށެއްގެ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ 15 މީހަކަށް ފޯރުކޮށްދޭނެއެވެ. މުޖުތަމަޢަށް އެހީތެރިވުމުގެ މި ހަރަކާތް ފަށާފައިވަނީ ކ. މާފުށީގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ބޭންކްގެ މުވައްޒަފުންވަނީ މި ހަދިޔާ ލިބޭ އެރަށުގެ ރައްޔިތުންނަށް ލިބޭ ވީލްޗެއަރތައް ހަދިޔާ ކޮށްފައެވެ.

ޢީދު ވެދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކެއްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލުތަކެއް އައުމަކީ ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭނެ ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް މުވައްޒަފުން ދިން އިސްކަމަށާ އަދި ފައިސާގެ ގޮތުން ވެދިން އެހީތެރިކަމަށް މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް