ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާ ތަކެއް

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޤާއިމުކޮށްފައިވާ ކޮމްޕިއުޓަރ ލެބްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެލެބްގައި ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީ ލެބްގައި ބޭނ...

21 Jun 2017 | 09:54

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޤާއިމުކޮށްފައިވާ ކޮމްޕިއުޓަރ ލެބްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެލެބްގައި ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީ ލެބްގައި ބޭނުންކުރުމަށް އާ ކޮމްޕިއުޓަރ ސިސްޓަމްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ގާއިމު ކޮށްފައިވާ ލައިބްރަރީ އަށް ބޭނުންވާ ބައެއް ކުޑަކުދިންގެ ވާހަކަ ފޮތް ވެސް އެކުންފުނިންވަނީ ހަދިޔާ ކޮށްފައިއެވެ.

އިއްޔެ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މިތަކެތި ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އަލްފާޟިލް އިސްމާއިލް ރަޝީދެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން މިތަކެއްޗާ ހަވާލުވެފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕާމަނަންޓް ސެކެޓްރީ އަލްފާޟިލާ އާމިނަތު ޝިފާނާއެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ އެއްތަނބުކަމަށްވާ މުޖްތަމައުގެ ދަށުން ކުޑަކުދިންގެ ތައުލީމާއި ސިއްހަތު އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ. އަދި މިމޭރުމުން މީގެ ކުރިންވެސް ކުންފުނިންވަނީ ކުޑަކުދިންގެ ހިޔާއަށް އެހިތެރިކަން ފޯރުކޮށްދީފައެވެ. މީގެތެރޭގައި އެތަނުގެ ބައެއް މުދައްރިސުންގެ ހަރަދުގެ އިތުރުން  2008  ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް އެ މަރުކަޒަށް ފޯރުކޮށްދެއެވެ. ހަމައެފަދައިން ހުޅުމާލޭގައި ހުންނަ  ކުޑަކުދިންގެ މަރުކަޒު ފިޔަވަތީގައިވެސް ދިރާގުންވަނީ ކޮމްޕިއުޓަރ ލެބެއް ގާއިމް ކޮށް ހައިސްޕީޑް އިންޓަރނެޓް ވެސް ފޯރުކޮށްދީފައިއެވެ.

މީގެ އިތުރުންވެސް، ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގުގެ ދަށުން ބާއްވާ ރޭހެކެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް