ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ދިއާ އޯރު ބާތީ ހަމް" ގެ ލީޑްރޯލުން ފެނިގެން ދިޔަ ދިޕިކާ ސިންގ ގޮޔާން (ސަންދްޔާ ރާތީ) އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ސަންދްޔާ ވަނީ ދަރިފުޅާއި އެކު ނަގާފައިވާ ފޮޓޯއެއް ފުރަތަމަ ފަހަރަށް އިންޓަގްރާމްގައި ހިއްސާކޮށްފައި އެވެ. ސަންދްޔާ ވިހާފައިވަނީ މިދިޔަ މަހުގެ 20 ގައި އެވެ. އެކަމަކު ދަރިފުޅުގެ ނަމެއް ހާމައެއް ނުކުރެ އެވެ
ސަންދްޔާ ބުނެފައިވަނީ އިތުރު މަސައްކަތެއް ނުކޮށް މަންމައެއްގެ ވާޖިބު އަދާ ކުރުމަކީވެސް ކުރެވޭ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ޑްރާމާގެ މަސައްކަތްތަކާއި ދުރުގައި ދަރިފުޅު ބެލުމުގައި ދުވަސްކޮޅެއް ހޭދަ ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ސަންދްޔާ ކައިވެނިކޮށްގެން އުޅެނީ "ދިޔާ އޯރު ބާތީ ހަމް" ގެ ޑައިރެކްޓަރު ރޯހިތް ރާޖް ގޮޔާލް އާއި އެވެ. އެ ޝޯގެ ސެޓުން ދިމާވެގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެމީހުން ކައިވެނި ކުރީ 2014 ވަނަ އަހަރު އެވެ.
"ދިޔާ އޯރު ބާތީ ހަމް" ގެ ފުރަތަމަ ސީޒަން މިދިޔަ އަހަރު ނިންމާލާފައިވާއިރު މިހާރު ވަނީ ދެވަނަ ސީޒަން "ތޫ ސޫރަޖް މެއިން ސާންޖް ޕިޔާޖީ" ގެ ނަމުގައި ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް