ސަޢުދި އަރަބިއްޔާގެ ދަނޑުތަކުގައި ޤަތަރުގެ މީހުން ހުއިހައްޕަމުންދާ ޖަމަލުތައްވެސް ސަޢުދީއިން ބޭރުކުރުމަށް އެ ޤައުމުން އަންގައިފި އެވެ.
ސަޢުދީގެ އިތުރުން ޤަލްފުގެ އެހެން ޤައުމުތަކުންވެސް ޤަތަރުގެ މީހުން ހުއިހައްޕާމުންދާ ޖަމަލުތައް އެ ޤައުމުތަކުން ބޭރުކުރުމަށްވަނީ އަންގާފަ އެވެ. ޤަތަރުގައި ޖަމަލު ހުއިހެއްޕުމަށް ބޭނުންވާ ވަރަށް ދަނޑުތައް ނެތުމުން ޤަތަރުގެ ގިނަ ބަޔަކު ސަޢުދީގައި ޖަމަލު ހުއިހައްޕަ އެވެ.
ޤަތަރުގެ އޮފިޝަލަކު ބީބީސީއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ 15 ހާސް ޖަމަލާއި، 10 ހާސް ގެރި ސަޢުދީ-ޤަތަރު ބޯޑަރު ހުރަސްކޮށް އެ ޤައުމަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި އެ ޖަނަވާރުތަކަށް ވަގުތީ ހިޔާވަހިކަން ދިނުމަށް ޚާއްޞަ ހާލަތުގައި ފެނާއި ކާނާ ލިބޭ އިންތިޒާމު އެ ޤައުމުގެ ސަރުކާރުން މިހާރު ހަމަޖައްސާދީފައިވާނެ ކަމަށެވެ.
ޤަތަރުން ޓެރަރިޒަމްއަށް ހިތްވަރުދޭކަމަށް ބުނެ ޤަލްފުގެ ބައެއް ޤައުމުތަކުންވަނީ މި މަހުގެ ކުރީކޮޅު ޤަތަރާއެކު އޮންނަ ސިޔާސީ ގުޅުން އެއްކޮށް ކަނޑާލާފަ އެވެ. އެ ނިންމުމަށްފަހުން އެ ޤައުމުތަކުން އަންނަނީ ޤަތަރާއި ދެކޮޅަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް