ކްރިކެޓުން ޕާކިސްތާނަށް ލިބުނު ކާމިޔާބު ފާހަގަކުރި އިންޑިއާގެ 15 މީހަކު ހައްޔަރުކޮށްފި

މިމަހުގެ11 ވަނަ ދުވަހު އިންޑިއާ އާއި ޕާކިސްތާނު ވާދަކުރި ޗެންޕިއަންސް ޓްރޮފީ މެޗުން ޕާކިސްތާނު މޮޅުވުމުން އެ ކާމިޔާބީ ފާހަގަކުރި އިންޑިއާގެ މުސްލިމު 15 ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މާދްޔާ ޕްރަދޭޝް ...

21 Jun 2017 | 08:09

މިމަހުގެ11 ވަނަ ދުވަހު އިންޑިއާ އާއި ޕާކިސްތާނު ވާދަކުރި ޗެންޕިއަންސް ޓްރޮފީ މެޗުން ޕާކިސްތާނު މޮޅުވުމުން އެ ކާމިޔާބީ ފާހަގަކުރި އިންޑިއާގެ މުސްލިމު 15 ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މާދްޔާ ޕްރަދޭޝް އިން ހައްޔަރުކުރި އެމީހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ހިންދޫ ދީނުގެ ބަޔަކު ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. އެމީހުން ބުނީ ޕާކިސްތާނުގެ ކާމިޔާބީ ބަޑިބޭހާއި އެކި ޝިއާރުތައް ބޭނުންކޮށްގެން އެމީހުން ފާހަގަކުރި ކަމަށެވެ.

އިންޑިއާ ޓުޑޭ ނޫހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ޕާކިސްތާނަށް ލިބުނު ކާމިޔާބީ ފާހަގަކޮށްގެން ނޫންކަމަށާއި، ހައްޔަރުކުރީ އިންޑިއާއާއި އިދިކޮޅަށް އެމީހުން ޝުޢޫރުތައް ފާޅުކުރުމުން ކަމަށެވެ. ހައްޔަރުކުރި އެންމެންގެ މައްޗަށް މިހާރުވަނީ އިންޑިއާގެ ޤާނޫނީ ވެރިކަމާއި ދެކޮޅައް އާންމުނަށް ހިތްވަރު ލިބޭ ގޮތައް އަމަލެއް ހިންގިކަމުގެ ތުހުމަތުކޮށް ދައުވާކުރުމަށް ފޮނުވާފަ އެވެ.

އިންޑިއާގެ ޤާނޫނީ ވެރިކަމާއި ދެކޮޅަށް އާންމުންނަށް ހިތްވަރުދޭ ގޮތައް އަމަލުތައްކުރާ މީހުނަށް ވަރަށް ބޮޑެތި އަދަބުތައްދެ އެވެ. އެގޮތުން ޕާސްޕޯޓު ހިފެހެއްޓުމާއި، ސަރުކާރު ވަޒީފާތައް އަދާ ނުކުރުނެވޭނެ ގޮތް ހެދުމާއި، އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާވެސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް