ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި އެކު ދުވަހަކުވެސް ފިލްމު ނުކުޅޭނެ ކަމަށް ކެޓްރީނާ ކެއިފް ބުނީ އޭނާ އާއި އެކު ފިލްމު ކުޅޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށް ރަންބީރު ބުނެފި އެވެ.
"ޖައްގާ ޖާސޫސް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން ރަންބީރު ބުނީ އޭނާ އާއި އެކު މަސައްކަތް ނުކުރާނެ ކަމަށް ކެޓްރީނާ ބުނީ މަޖަލަކަށް ކަމަށެވެ. އަދި އެހެން ބުނީ ދެމީހުން އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށް ރަންބީރު ބުންޏެވެ.
ރަންބީރު ބުނީ އޭނާ ކެޓްރީއާ އާއި އެއްކުގައި މަސައްކަތް ކުރާ ހިތްވާ ކަމަށާއި އެއީ ވަރަށް މޮޅު އެކްޓްރެސްއެއް ކަމަށެވެ.
ކެޓްރީނާ ބުނީ ގަބޫލު ކުރެވޭ ގޮތުގައި ދެން ރަންބީރާއި އެކު މަސައްކަތް ކުރާތަނެއް ދުވަހަކުވެސް ނުފެންނާނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި "ޖައްގާ ޖާސޫސް ޕްރޮމޯޓު ކުރަން ރަންބީރާއި އެކު ދިއުމަށް ފުރަތަމަ ކެޓްރީނާ ދެކޮޅު ހެދި އެވެ. އެކަމަކު ފަހުން ފިލްމު ޕްރޮމޯޓު ކުރުމުގައި ދެ ތަރިން އެކުގައި ފެނިފައިވެ އެވެ.
މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖުލައި 14 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް