އެންމެ ދިގު ޕިއްޒާ ތައްޔާރު ކުރުމުގެ ރެކޯޑް އިޓަލީން މުގުރާލައިފި

ދިގުމިނުގައި 1595.45 މީޓަރު ހުންނަ ޕިއްޒާއެއް ތައްޔާރުކޮށްގެން ދުނިޔޭގެ އެންމެ ދިގު ޕިއްޒާ އެޅުމުގެ ރެކޯޑް އިޓަލީން މުގުރާލައިފި އެވެ. މި ރެކޯޑް އިޓަލީން މުގުރާލާފައިވަނީ އިޓަލީގެ މިލާންގައި އިއްޔެ ބޭ...

21 Jun 2015 | 09:29

ދިގުމިނުގައި 1595.45 މީޓަރު ހުންނަ ޕިއްޒާއެއް ތައްޔާރުކޮށްގެން ދުނިޔޭގެ އެންމެ ދިގު ޕިއްޒާ އެޅުމުގެ ރެކޯޑް އިޓަލީން މުގުރާލައިފި އެވެ.

މި ރެކޯޑް އިޓަލީން މުގުރާލާފައިވަނީ އިޓަލީގެ މިލާންގައި އިއްޔެ ބޭއްވި މިލާން އެކްސްޕޯ 2015 ގަ އެވެ. އެ ޕިއްޒާ ތައްޔާރު ކުރުމަށް 1500 ކިލޯ ޓޮމާޓޯއާއި ބައިޓަނު މޮޒަރެއްލާއާއި އެތައް ބައިވަރު އޮލިވް އޮއިލްއެއް ބޭނުންކުރި އިރު މި ޕިއްޒާ ތައްޔާރު ކުރުމުގައި 80 ކައްކާއިން ހަރަކާތްތެރި ވި އެވެ.

މީގެ ކުރިން އެންމެ ދިގު ޕިއްޒާ ތައްޔާރުކުރުމުގެ ރެކޯޑް އޮތީ ސްޕެއިންގަ އެވެ. ސްޕެއިން އިން މި ރެކޯޑް ގާއިމްކޮށްފައިވަނީ ދިގުމިނުގައި 1141.5 މީޓަރު ހުންނަ ޕިއްޒާއެއް ތައްޔާރުކޮށްގެންނެވެ.

އިޓަލީން ތައްޔާރު ކުރި ދިގު ޕިއްޒާ ބޭއްވުމަށް 800 އަށްވުރެ ގިނަ މޭޒު ބޭނުން ވި އެވެ. މި ޕިއްޒާގެ ފޮއްޗެއް އެއެކްސްޕޯ އަށް ޒިޔާރަތްކުރި 30 ހާސް އަށްވުރެ ގިނަ ފަރާތްތަކަށް ބަހާފައިވާ ކަމަށް ޕިއްޒާ ތައްޔާރުކުރި ފަރާތުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް