އުތުރުކޮރެއާގައި މާރސް ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުންމީދު އާވެއްޖެ

ފާއިތުވި 16 ދުވަހު މާރސް ވައިރަސްގެ އަސަރުކޮށްފައިވާ އިތުރުމީހަކު ފެނިފައިނުވުމުން ނުރައްކާތެރި މާރސް ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުންމީދު އާވެފައިވާކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ. އުތ...

21 Jun 2015 | 08:20

ފާއިތުވި 16 ދުވަހު މާރސް ވައިރަސްގެ އަސަރުކޮށްފައިވާ އިތުރުމީހަކު ފެނިފައިނުވުމުން ނުރައްކާތެރި މާރސް ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުންމީދު އާވެފައިވާކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާއިން މިހެން ބުނެފައިވާއިރު މާރސް ވައިރަސްގެ އަސަރުކުރި އުމުރުން 63 އަހަރުގެ މީހަކު މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގައި ވަނީ މަރުވެފަ އެވެ. އެމީހާ މަރުވުމާއެކު މާރސް ވައިރަސްގެ ސަބަބުން އުތުރުކޮރެއާގައި މަރުވިމީހުންގެ އަދަދު ވަނީ 25 އަށް އަރާފަ އެވެ.

މިހާތަނަށް މާރަސް ވައިރަސް ޖެހިފައިވާ 166 މީހަކު އުތުރުކޮރެއާއިން ފެނިފައިވާއިރު އޭގެ ތެރެއިން ހަ މީހަކަށް ފަރުވާ ދިނުމަށްފަހު ރަނގަޅުވުމުން ދޫކޮށްލާފައިވާކަމަށާއި ކަރަންޓީން ކޮށްފައިވާ 5200 މީހުންގެ ތެރެއިން 700 މީހެއްގެ ގައިގާ މާރްސް ވައިރަސް ނެތްކަން ކަށަވަރުކޮށްފައިވާކަމަށްވެސް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެ އެވެ.

މާރސް ވައިރަސްގެ އަސަރު އެންމެ ފަހުން ފެނިފައިވާ ގައުމަކީ ތައިލެންޑެވެ. ތައިލެންޑުން މާރސް ވައިރަސްގެ އަސަރު ފެނިފައިވަނީ 75 އަހަރުގެ އޮމާންގެ ރައްޔިތެއްގެ ގައިންނެވެ. ތައިލެންޑުން މާރސް ވައިރަސް ފެނިފައިވާއިރު އެގައުމުގެ އެއާޕޯޓުގައި ވައިރަސް ދެނެގަންނާނެ އިންތިޒާމް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް