ރަމަޟާންމަހާ ދިމާކޮށް ޚާއްޞަ އޮޕަރޭޝަނެއް ފުވައްމުލަކުގައި މަސައްކަތް ކުރާ ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ޖޫން 18 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި އޮޕަރޭޝަންއަކީ ފުވައްމުލަކަކީ މިހާރަށްވުރެ ކުށް މަދު، ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން ފުވައްމުލަކުގެ އެކި ސަރަޙައްދު ތަކުގައި ގްރޫޕްތައް ހަދައިގެން ތިބޭ މީހުންނަށް ނަސޭހަތްތެރިވެ، ތުހުމަތުކުރެވޭ މީހުން ބަލައިފާސްކުރުމާއެކު މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް އިތުރު އޮޕަރޭޝަންތައް ހިންގުމާއި މާރާމާރީއާއި ވައްކަން ހިނގާ މިންވަރު މަދު ކުރުމަށް ރަށުތެރެ ބެލެހެއްޓުމުގައި އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް