ބިދޭސީ މީހާގެ މަރުގެ މައްސަލައިގަ ގަމުން ދެ މީހަކު ހައްޔަރުކޮށްފި

ލ. ގަމު ގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ މަރުގެ މައްސަލާގައި އަންހެނަކާއި ފިރިހެނަކު އެ ރަށުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ބިދޭސީ މީހާގެ މަރުގެ މައްސަ...

21 Jun 2015 | 05:13

ލ. ގަމު ގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ މަރުގެ މައްސަލާގައި އަންހެނަކާއި ފިރިހެނަކު އެ ރަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބިދޭސީ މީހާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދެ ދިވެހިން ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަން އަދި ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުނެ އެވެ.

މި މަހުގެ 11 ވަނަ ދުވަހު ޒަހަމްތަކަކާއެކު މަރުވެފައި އޮތް ބަނގުލަދޭޝްގެ ފިރިހެން މީހާ ފެނުނީ ގަން ތުނޑީ އަވަށު ގެއެއްގެ ތެރެއިންނެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުއިރު ބޮލުން ޒަހަމްތަކެއް ފެންނަން ހުއްޓެވެ.

އެ ބިދޭސީ މީހާ އަކީ މާލޭ މީހަކު އެ ރަށުގައި ހަދާފައި ހުންނަ ގެއެއް ބަލަހައްޓަން ހުންނަ މީހެކެވެ. އޭނާ އެގޭގައި އުޅެނީ އެކަންޏެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގޭގެ މަރާމާތެއް ކުރަން ދިޔަ ފިރިހެނަކަށް ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް