ދިވެހިންގެ މެދުގައި މަގްބޫލު އިންފްލުއެންސަރ އަދި މޮޑެލް، ކައި އޭނާގެ އެއްބަނޑު އެއްބަފާ ހަމަ އެކަނި ކޮއްކޮގެ އުފަން ދުވަހު ކާރެއް ހަދިޔާކޮށްފިއެވެ.
ކައި ވަނީ ޓިކްޓޮކްގައި އެ އުފާވެރި ވަގުތުކޮޅު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
https://www.tiktok.com/@kaizeenkai/video/7506839064218176786
އެ ވީޑިއޯއިން ފެންނަގޮތުގައި ހުޅުމާލޭ ދެ ފިޔަވަހި ގުޅުވަދޭ ބްރިޖެއް ކައިރީގައި ރިބަނުން ޕެކްކޮށްފައިވާ ކާރެއް ސަޕްރައިޒްގެ ގޮތުގައި އޭނާގެ ކޮއްކޮއަށް ދޭ މަންޒަރު ފެނެއެވެ. އަދި ފޯނެއް ހަދިޔާކުރި މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެ އެވެ.
ކައި އަކީ ދިވެހިންގެ މެދުގައި މަގްބޫލު އަދި ގިނަ އަދަދަކަށް ދިވެހިން ފޮލޯ ކުރާ ނުފޫޒަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް