ދިރާގުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަމައެކަނި ރީލޯޑްކޮށްގެން 10،000 ރުފިޔާ އަދި 10،000 ރުފިޔާގެ މޯލްޑިވިއަންގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިރާގުން ބުނެފައިވާގޮތުގައި މިއީ، ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިންނަށް މި އަގުހުރި އިނާމުތައް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.
"މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީ.ބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ، މިއީ، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ރަނުގެ ފުރުސަތެއް" ދިރާގުން ބުނެފައިވެއެވެ.
7 ޖޫން 2025 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕަރޓްނަރ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.
ދިރާގުން އަބަދުވެސް ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް