ފީނަން ނިކުމެ އުޅުނު ބަޔަކުތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭ 12:33 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނި ޅ.ގާއެރިފަޅު ކައިރީގައި ފީނަން ނިކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހިގެންނެވެ.
"އެކްސިޑެންޓްގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވޭ، އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެއީ ދިވެހި ފަސް ފިރިހެނުން ކަމަށެވެ.
"މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި" ފުލުހުން ބުނެފައިވެއެވެ.
އެ ޑިންގީއަކީ ރ. މަޑުއްވަރިއަށް ނިސްބަތްވާ މަސް ދޯންޏެއްގެ ޑިންގީއެކެވެ. އެ ރަށު މަސްވެރިންގެ ފޭސްބުކް ޕޭޖެއްގައި ބުނެފައިވާގޮތުގައި ޑިންގީ އެކްސިޑެންޓްގައި ޒަޚަމްވި ދެ ކުއްޖަކު މާލެ ގެނައުމުގެ މަސައްކަތް ކުރާކަމަށް އެ ދޯނިން މަޢުލޫމާތު ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް