މިއަދު ތޮއްޑޫގައި ސަލާމަތްކުރީ ކަނދުފައްޗެއްގައި ތާށިވެފައިތިބި ހަތަރު ކުދިން

ވިލާގަނޑުގައި ގަދަވި ވަގުތު މޫދުން ސަލާމަތްކުރީ ކަނދުފައްޗެއްގައި ތާށިވެފައިތިބި ހަތަރު ކުއްޖެއްކަމުގައި އއ. އަތޮޅު ފުލުހުން ބުނެފިއެވެ. އެގޮތުން އއ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ އއ. ތޮއްޑޫ ސ...

21 May 2024 | 18:04

ވިލާގަނޑުގައި ގަދަވި ވަގުތު މޫދުން ސަލާމަތްކުރީ ކަނދުފައްޗެއްގައި ތާށިވެފައިތިބި ހަތަރު ކުއްޖެއްކަމުގައި އއ. އަތޮޅު ފުލުހުން ބުނެފިއެވެ.

އެގޮތުން އއ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ އއ. ތޮއްޑޫ ސްޕޯޓްސް އޭރިއާގެ ބޭރުގައި ޖެޓްސްކީ އެޅުމަށްޓަކައި އަޅާފައި އޮތް ކަނދުފައްޗެއްގައި ހަތަރު ކުޑަކުދިން ތާށިވެފައިތިބިކަމުގެ މައުލޫމާތު ތޮއްޑޫ ޕޮލިސް ޕޯސްޓަށް ލިބުމުން އެކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވިކަމަށެވެ.

"ތޮއްޑޫ ޕޮލިސް ޕޯސްޓްގެ ފުލުހުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދީ ތޮއްޑޫގެ ރައްޔިތުންގެ އެހީތެރިކަމާއެކު ހަތަރު ކުދިން ސަލާމަތްތެރިކަމާއެކު ވަނީ އެއްގަމަށް ގެނެވިފައި"އއ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނެފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ދުވަސްވަރަކަށްވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ބައްލަވައިގެން ކަންކަން ކުރެއްވުމަށް އއ. އަތޮޅު ޕޮލިހުންވެސް އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް