ތޮއްޑޫގައި ވިލާގަނޑެއްގައި ގަދަވި ވަގުތު ހިނގި ދެ ހާދިސާއެއްގައި ސްޓެލްކޯ މުވައްޒަފުން ދެއްކި ނަމޫނާ

މޫސުން ގޯސް މި ދަނޑިވަޅުގައި މިއަދު އއ. ތޮއްޑޫގައި ވިލާގަނޑެއްގައި ގަދަވި ވަގުތު ހިނގި ދެ ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފުން ދެއްކި ނަމޫނާގެ ވާހަކަ އެ ކުންފުނިން ހިއްސާކޮށްފިއެވެ. އެގޮތުން ސްޓެލްކ...

21 May 2024 | 17:35

މޫސުން ގޯސް މި ދަނޑިވަޅުގައި މިއަދު އއ. ތޮއްޑޫގައި ވިލާގަނޑެއްގައި ގަދަވި ވަގުތު ހިނގި ދެ ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފުން ދެއްކި ނަމޫނާގެ ވާހަކަ އެ ކުންފުނިން ހިއްސާކޮށްފިއެވެ.

އެގޮތުން ސްޓެލްކޯއިން މިރޭ ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ވިލާގަނޑެއްގައި ވައިބާރުވެ މޫސުން ގޯސްވި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ވިލާގަނޑުގެ ބާރުގައި ގަދަ އޮއިގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި އެ ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ވަނީ ޙަރަކާތްތެރިވެފައި ކަމަށާއި އަދި ހަމަ އެއާއިއެކު، ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެ ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

"ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި" ސްޓެލްކޯއިން ބުނެފައިވެއެވެ.

ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެފައިވާއިރު ކުރިއަށް އޮތް ތިން ދުވަހުވެސް ވަޔާއި ކަނޑު ގަދަވާނެކަމަށް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް