ވައިގަދަ ދުވަސްވަރެއްކަމުން ބްރިޖާއި ހައިވޭގައި ދުއްވާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މޫސުން ގޯސްވެ ވައިގަދަ ދުވަސްވަރެއްކަމުން ބްރިޖާއި ހައިވޭގައި ދުއްވާއިރު ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ. އެގޮތުން މިރޭ ފުލުހުން ބުނެފައިވަނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސ...

21 May 2024 | 16:40

މޫސުން ގޯސްވެ ވައިގަދަ ދުވަސްވަރެއްކަމުން ބްރިޖާއި ހައިވޭގައި ދުއްވާއިރު ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން މިރޭ ފުލުހުން ބުނެފައިވަނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާކަމަށާއި އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާކަމަށެވެ.

މީގެ އިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައިގެން ދުއްވުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް