މިފްކޯގެ ސީއީއޯ ކަމުން ސަމާހު ވަކިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމުން އަހުމަދު ސަމާހު ރަޝީދު ވަކިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ. އެ ބޯޑ...

21 May 2024 | 15:25

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމުން އަހުމަދު ސަމާހު ރަޝީދު ވަކިކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އެ ބޯޑުން ދެންމެ ބުނެފައިވަނީ މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާކަމަށެވެ.

ސީއީއޯގެ މަގާމުން ސަމާހު ވަކިކޮށްފައިވާއިރު މާރިޗް މަހުގެ 18 އިން ފެށިގެން އޭނާ ސަސްޕެންޝަނެއްގައިވެސް ބެހެއްޓިއެވެ.

ސަސްޕެންޝަން އުވާލުމުން ވަޒީފާއަށް ނިކުމެވަޑައިގެން މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެލެއްވީ މިދިޔަމަހުގެ 24 ވަނަ ދުވަހުގައެވެ.

އޭރު ކުރި ސަސްޕެންޝަނާއި ގުޅޭގޮތުން ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް