ސިންގަޕޯރ އެއާލައިންސްގެ ފްލައިޓެއް ވައިގެތެރޭގައިވަނިކޮށް ޓާބިއުލެންސެއްގައި ޖެހި އެކަކު މަރުވެ 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް އެ އެއާލައިނުން ބުނެފިއެވެ.
ބޮއިން މަރުކާގެ 777-300ER ފްލައިޓް ދަތުރުކުރަމުންދިޔައީ ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ކަމަށާއި އެކަން ދިމާވުމުން ބެންކޮކަށް ފްލައިޓް ޑައިވާޓުކޮށް ލޭންޑްކޮށްފައިވާކަމަށް ސިންގަޕޯރ އެއާލައިންސްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
އެ ފްލައިޓުން ދަތުރުކުރިކަމަށް ބުނެފައިވަނީ 18 ކްރޫއިންގެ އިތުރުން 211 ޕަސިންޖަރަކު އެ ދަތުރުގައި ދަތުރު ކުރި ކަމަށާއި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ 73 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ފްލައިޓް ބެންކޮކަށް ލޭންޑްކޮށްފައިވަނީ ރާއްޖޭ ގަޑިން ހަވީރު 05:45 ހާއިރުގައެވެ.
އެ އެއާލައިނުން ބުނެފައިވަނީ މިހާތަނަށް 18 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އިތުރު 12 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އިތުރު ޕަސިންޖަރުންގެ މެޑިކަލް އެގްޒެމިނޭޝަންސްވެސް ހަދަމުން އަންނަ ކަމަށެވެ.
އެ ފްލައިޓުން ދަތުރުކުރި ކަމަށް ބުނަނީ އޮސްޓްރޭލިއާ، ކެނެޑާ، ޖަރުމަނު، އިންޑިއާ، އިންޑޮނޭސިޔާ، އައިސްލޭންޑް، އިސްރާއީލު، މެލޭސިޔާ، މިޔަންމާ، ނިއުޒިލެންޑް، ފިލިޕިންސް، ސިންގަޕޫރު، ސައުތު ކޮރެއާ، ސްޕެއިން، އިނގިރޭސިވިލާތް އަދި އެމެރިކާއަށް ނިސްބަތްވާ ޕަސިންޖަރުންނެވެ.
https://www.facebook.com/singaporeair/posts/pfbid01ETziy2xcUF8R5CKeg8CoKsqHsVHhhhw5Cp9UxvefpWmzCetfit82Xa2nUQ8LqVVl
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް