ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމެއްގެ މައްސަލައަކާއި ގުޅިގެން އެ ރަށުގެ 15 ފަޅު ގޯއްޗެއް ބަލައި ފާސްކޮށް އެ ވައްކަމުގެ ވަގަށް ނެގި ތަކެތި ހޯދައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ގައްދޫ ޕޮލިހުން މިއަދު ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުނު އެ މައްސަލައާއި ގުޅިގެން 15 ފަޅު ގޯއްޗެއް ބަލައިފާސްކޮށް ތަކެތި ހޯދާ އަދި މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކުރި ދެމީހުންގެ ބަންދަށް އެ ރަށު ކޯޓުން މުއްދަތު ޖަހާފައިވާއިރު އެކަކު މައްސަލަ ނިމެންދެން އަދި އަނެކަކު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ލިބިފައިވާކަމަށެވެ.
އެ ވައްކަމުގައި ވަގަށް ނަގާފައިވާ ބައެއް ތަކެތީގެ ފޮޓޯ ގައްދޫ ޕޮލިހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ވަޑާން ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކުރާ ބައެއް ސާމާނު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް