މި މުއްދަތުގައި އުމްރާވެވޭނީ ހަމައެކަނި ހައްޖުވެރީންނަށް ކަމުގައި ކަނޑައަޅައިފި

މި މަހުގެ 24 ވާ ހުކުރު ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 26 ގެ ނިޔަލަށް އުމްރާ ކުރެވޭނީ ހަމައެކަނި ހައްޖު ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމުގައި ސަޢޫދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓްރ...

21 May 2024 | 00:30

މި މަހުގެ 24 ވާ ހުކުރު ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 26 ގެ ނިޔަލަށް އުމްރާ ކުރެވޭނީ ހަމައެކަނި ހައްޖު ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމުގައި ސަޢޫދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

އެގޮތުން މި ނިންމުން ނިންމާފައިވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ދަތިތައް ކުރިމަތިވިޔަނުދިނުމަށް ކަމުގައި ބުނެފައިވެއެވެ. އަދި މިގޮތަށް ކަންތައް ކުރުމުން މި މުއްދަތުގައި ތޮއްޖެހުން މަދު ކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ދެކެއެވެ.

ހައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ހައްޖު ހުއްދަ ނެތި މައްކާ އަދި ހައްޖާއި ގުޅުންހުރި ސަރަހައްދުތަކަށް ވަނުން މަނާކޮށްފައިވާއިރު ހުއްދަ ނެތް ފަރާތެއް ނަމަ 10 ހާސް ސައޫދީ ރިޔާލުން ޖޫރިމަނާކުރަންވެސް ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް