ދިވެހިންނަކީ ނިސްބަތުން ޓީވީ އާއި ޓީވީ އިން ދައްކާ ކުޅިވަރު އަދި ޑްރާމާތަކާއި ޚާއްސަ ގަޔާވުމެއް ހުންނަ ބަޔެކެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޭބަލް ޓީވީ ޚިދުމަތް ފޯރުކޮށްދޭ މީޑިއާނެޓު މެދުވެރިކޮށް ދިވެހިންވަނީ މުނިފޫހިފިލުވުމުގެ ދުނިޔެއަކަށް ވާސިލްވެފައެވެ. މެދުކެނޑުމެއްނެތި ފިލްމާއި ޑްރާމާ، ކާރޓޫން އަދި ކުޅިވަރުގެ ޕްރޮގްރާމްތަކާއި ލައިވް މެޗުތަކަށް ދިވެހިންނަކީ ޚާއްސަ އިސްކަމެއްދީގެން ވަގުތު ހުސްކުރާ ބައެކެވެ.
މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުން ވެސް ބަލާލެވެއެވެ. ނަމަވެސް އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރެއިން އެހެން ޚިދުމަތްތަކެކޭވެސް އެއްފަދައިން މީޑިއާނެޓުގެ ސަބްސްކްރިޕްޝަން ކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާން ނެތޭ ތަން އަންނަނީ މަދު ފަހަރަކު ނޫނެވެ. މީގެ ނަތީޖާއަކީ ބައެއްފަހަރު މެޗުގެ އެންމެ ފޯރިގަދަ ވަގުތު ނުވަތަ ހިންދީ ޑްރާމާއެއްގެ އެންމެ ސަސްޕެންސް ބޮޑު ގަޑީގައި ޚިދުމަތް ކެނޑިގެންދިއުމެވެ. މިއަދު މިވަނީ މިކަމަށްވެސް ބޮޑު ޙައްލެއް ލިބިފައެވެ.
މި އަހަރު މީޑިއާނެޓުން ތަޢާރަފްކުރި އޮޓޯ – ރިނިއުވަލް ޚިދުމަތަކީ މުނިފީހުފިލުވުން މެދުކެނޑުމެއްނެތި ކުރިއަށް ދިޔުމަށް އޮތް ދާއިމީ ޙައްލެކެވެ. ކޮންމެ މަހަކު ވަކިން މީޑިއާނެޓުގެ ޚިދުމަތައް ފައިސާ ދެއްކުމުގެ ބަދަލުގައި އެންމެ ފަހަރަކު އޮޓޯ ރިނިއުވަލްއަށް ސަބްސްކްރައިބް ކޮށްލުމުން މީޑިއާނެޓުގެ މުނިފޫހިފިލުވުމުގެ ދުނިޔެ ހުއްޓުމެއްނެތި ލިބެމުންދާނެއެވެ. ދުނިޔޭގެ ބޮޑުތި ކުންފުނިތައް ކަމަށްވާ ނެޓްފްލިކްސް އަދި އެމޭޒަން ޕްރައިމްއެކޭ އެއްފަދައިން އެންމެ ފަހަރަކު ބޭނުންކުރާ ފަރާތުގެ މަޢުލޫމާތު ޙިއްސާކޮށްލީމަ ދެން ހާސްވާކަށް ނުޖެހެއެވެ.
- އޮޓޯ ރިނިއުވަލް ޚިދުމަތައް ރަޖިސްޓަރ ކުރުން ވަރަށް ފަސޭހައެވެ.
- މީޑިއާނެޓުގެ ކުއިކް ޕޭ ޕޯރޓަލްއަށް ޒިޔާރަތްކޮށްލައްވާ މީޑިއާނެޓް އެކައުންޓް އާއި ބެހޭ މަޢުލޫމާތު ޖައްސަވާ
- މިހާރު ހިނގަމުންދާ ޕެކޭޖާއެކު އަބަދުވެސް ކުރިއަށް ދިއުމަށް ނުވަތަ އިޚްތިޔާރުކުރާ ޕެކޭޖެއް ނަންގަވާ
- "އޮޓޯ ރިނިއު މައި ސަބްސްކްރިޕްޝަން" އަދި "ޓާރމްސް އެންޑް ކޮންޑިޝަންސް" ގައި ހެޔޮ ފާހަގަ ޖައްސަވާ
- އީ މެއިލް އެޑްރެސް ޖެއްސެވުމަށްފަހު އީމެއިލް އެޑްރެސްއަށް ލިބިލައްވާ އޯ ޓީ ޕީ ޖައްސަވާ
- ބެންކް އޮފް މޯލްޑިވްސް ގެ ޕޭމަންޓް ގޭޓްވޭ އިން ފައިސާ ދައްކަވާ
މިހާ ހިސާބުން ދެން އިތުރަށް މިކަމާ މެދު ވިސްނާކަށް ނުޖެހޭނެ. 30 ދުވަސް ހަމަވުމުން އޮޓޯ އިން އަނެއްކާވެސް ސަބްސްކްރިޕްޝަން އައު ވެގެން ދާނެ.
މީޑިއާނެޓުން އަންނަނީ އަބަދުވެސް ޚިދުމަތް ހޯދޭނެ ފަހި އަދި ފަސޭހަ ގޮތްތަކެއް ދިވެހިންނަށް ހޯދައިދެމުން. ކުރިއަށް އަންނަން ހުރި ދުވަސް ތަކުގައި ތަފާތު ޝައުގުވެރި ޕްރޮގްރާމްތަކެއް ތާވަލް ކުރެވިފައިވާއިރު މި ޚިދުމަތަކީ މީޑިއާނެޓުގެ ޗެނަލްތަކުން ދައްކާ ޕްރޮގްރާމްތައް ނުގެއްލޭނެކަން ޔަގީން ކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަން ޔަގީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް